ހެޔޮބަސް
ބުޅަލެއްގެ ސަބަބުން އަންހެނަކު ނަރަކައަށް
އިމާމް ބުޚާރީ އާއި އިމާމް މުސްލިމް، އަބޫ ހުރައިރާ رَضِيَ اللهُ عَنْهُ ގެ ކިބައިން ރިވާކުރައްވާފައިވެއެވެ. ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ބަޔާންކޮށްދެއްވި އެވެ. މީހަކު މަގަކުން ހިނގަމުން އަންނަނިކޮށް ވަރަށް ބޮޑަށް ކަރުހިއްކަން ފެށިއެވެ. ފެންފޮދެއް ލިބޭނެ ގޮތެއް ހޯދަމުން އަންނަނިކޮށް ފެން ވަޅެއް ފެނުނެވެ. އެހެންނަމަވެސް، އެ ވަޅުން ފެންނެގޭނެ އެއްވެސް ގޮތެއް ނެތެވެ. އޭނާއަށް ކުރިމަތިވެފައިވާ ކަރުހިއްކުމުގެ ބޮޑުކަމުން ވަޅަށް ފައިބައި ފެން ބޮއެފިއެވެ. އޭނާ ހިތް އެދޭ ވަރަށް ފެން ބުއިމަށްފަހު ވަޅުގެ އަނގަމަތިން ބޯ އުފުލާލިހިނދު ފެނުނީ ކުއްތާއެކެވެ. ކަރުހިއްކައިގެންފައިވާލެއް ބޮޑުކަމުން އެ ކުއްތާގެ ދޫ ވަނީ ބޭރަށް ނުކުމެފައެވެ. އަދި ކަރުހިއްކުން ފިލުވުމަށްޓަކައި ބިމުގައިވާ ވެލި ކަމުން ދިޔައެވެ. އެހިނދު އެމީހާ ހިތާހިތާ ބުނެލިއެވެ. "ތިމަންނައަށް ކަރުހިއްކުން ކުރިމަތިވި ވަރަށް މި ސޮރަށްވެސް މިވަނީ ކަރުހިއްކުން ކުރި މަތިވެފައެވެ." ދެން އެމީހާ އެ އެތީގެ ޙާލަތާމެދު ހަމްދަރުދީވެ، އަލުން ވަޅުތެރެއަށް ފޭބުމަށްފަހު، އޭނާގެ ޚުއްފަށް ފެންއަޅައިގެން، އަނގައިން އޭތި ހިފައިގެން ވަޅުން އަރައިފިއެވެ. ޚުއްފަކީ އިސްޓާކީނުގޮތަށް ފަޔަށް އެރުވުމަށް ހަމުން ހަދާފަ ހުންނަ އެއްޗެކެވެ. އެމީހާ ވަޅުން އެރުމަށްފަހު އެ ކުއްތާއަށް ފެންދިނެވެ. މާތް ﷲ އެމީހާގެ އެ ޢަމަލަށް ރުހިވޮޑިގެންނެވިއެވެ. އަދި އެމީހާގެ ފާފަތައް ފުއްސަވައި ދެއްވިއެވެ.
އިތުރަށް ވިދާޅުވުމަށް
ފަސްއެނބުރި ނުބަލާށެވެ.
އަޅުގަނޑުމެންގެ ދިރިއުޅުމަކީ ނިންމުންތަކެއްގެ ސިލްސިލާއެކެވެ. ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެންނަށް އެތައް ކުދި އަދި ބޮޑެތި ނިންމުންތަކެއް ނިންމަންޖެހެއެވެ. އަޅުގަނޑުމެންގެ ދުނިޔެއާއި އާޚިރަތުގެ ކާމިޔާބު ބިނާވެގެންދަނީ މި ނިންމުންތަކުގެ މައްޗަށެވެ. ނިންމުންތައް ނިންމުމުގައި އިސްލާމްދީނާއި ސައިންސް މަގުދައްކައި ބާރުއަޅަނީ ވިސްނުންތެރިކަމާއެކު، ފުރިހަމަ މައުލޫމާތުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމަށާއި، އެއަށްފަހު އެ ނިންމުމެއްގައި ސާބިތުވެ ހުރުމަށެވެ.
އިތުރަށް ވިދާޅުވުމަށް